ޖުމްހޫރީ ޕާޓީގެ ލީޑަރ އެމެރިކާގެ ސަފީރާ ބައްދަލުކުރައްވައިފި


ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހިމް ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމެރިކާގެ ސަފީރު މިޝެލް ޖޭ ސިސޯން އާ މިއަދު ހަވީރު ބައްދަލުކުރައްވައިފިއެވެ.

ކިޔުން ކުރިޔަށް ގެންދޭ

ވޯޓު ހޯދޭނީ ފައިސާ އަކުން ނުން ލޯބިދީގެން – ބާޢިސް


23 ސެޕްޓެމްބަރ 2013

 

ވޯޓަކީ ފައިސާދީގެން ހޯދޭނެއް އެއްޗެއް ނޫން ކަމަށާޢި އެެއީ ގެނެވިއްކޭ މުދަލެއް ނޫންކަމަށާއި ވޯޓު ހޯދޭނީ ލޯބި ދީގެން ކަމަށް އެމްޑީޕީގެ ހިތާދޫ ގޮފީގެ މެންބަރ ބާއިސް ބުނެފިއެވެ ކިޔުން ކުރިޔަށް ގެންދޭ

އިންތިޚާބު ބާތިލް ކުރުމަށް ހުށަހެޅި މައްސަލައިގެ ފަސްވަނަ އަޑުއެހުން ބާއްވައިފި


އިންތިޚާބު ބާތިލް ކުރުމަށް ހުށަހެޅި މައްސަލައިގެ ފަސްވަނަ އަޑުއެހުން މިއަދު 11:00 ގައި ސުޕްރީމް ކޯޓުގައި ބާއްވައިފިއެވެ. މިއަދު ޝަރީއަތުގެ މަޖިލީހުގައި އިތުރު ހަ މީހެއްގެ ހެކިބަސް އެ ކޯޓުން މިއަދު ނަގައިފިއެވެ. އަދި އިއްޔެ ބޭއްވި އަޑުއެހުމުގައި ތިން މީހެއްގެ ހެކި ބަސް ވަނީ ނަގާފައެވެ. ހެކި ބަސް ނަގަނީ ސިއްރުން އޯޑިއޯ މެދުވެރިކޮށެވެ. މިއަދުގެ އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަންގެ ވަކީލުވަނީ ސިއްރުން ހެކިބަސް ނަގާތީ ހެކިބަހާއިމެދު ޖަވާބުދާރީ ވުމަށް ދަތިވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އެކަމާ މެދު ވިދާޅުވީ އެގޮތަށް ހެކިބަސް ނަގަނީ ފަނޑިޔާރުން އެގޮތަށް ނިންމުމުންކަމަށެވެ. ހެކިވެރިންނާ ހުރިހާ ސުވާލުކޮށްފައިވަނީ އެއީ ކާކުކަން ނެނގޭގޮތަށެވެ ކިޔުން ކުރިޔަށް ގެންދޭ

އިންތިޚާބު ފަސްކުރަން އަމުރުކޮށްފި


އަންނަ ހޮނިހިރުދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގެ ވޯޓު ފަސްކުރަން ސުޕްރީމް ކޯޓުން އަމުރު ނެރެފި އެވެ ކިޔުން ކުރިޔަށް ގެންދޭ

ސުޕްރީމް ކޯޓުން ނެރުނު އަމުރު ކުށްވެރިކޮށް، ކޯޓުގެ މައްސަލަ ނިމެންދެން މަގުމައްޗަށް ނިކުމެ އިހުތިޖާޖް ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފި


ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގެ ވޯޓް ލުން ލަސްކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ކުށްވެރިކޮށް، ކޯޓުގެ މައްސަލަ ނިމެންދެން މަގުމައްޗަށް ނިކުމެ އިހުތިޖާޖް ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފިއެވެ ކިޔުން ކުރިޔަށް ގެންދޭ

މިރޭގެ ޖަލްސާ ވެސް ހޫނުވެގެން މެދުކަނޑާލައިފި


Image

މިރޭ 9:00 ގައި ބާއްވަން އުޅުނު ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާ ވެސް ހޫނުވެގެން ހުއްޓާލުމަށް ފަހު އަނެއްކާ ވެސް މާދަމާ ހެނދުނު 10 ޖަހާއިރު ޖަލްސާ ބާއްވަން ނިންމައިފި އެވެ

ކިޔުން ކުރިޔަށް ގެންދޭ

މިއީ އިންތިޚާބީ ތާރިޚްގެ އެންމެ ބޮޑު އޮޅުވާލުންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ


މިއީ އިންތިޚާބީ ތާރިޚްގެ އެންމެ ބޮޑު އޮޅުވާލުންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ރޭ ވީޓީވީއިން ދެއްކި ފަސްމަންޒަރު ޕްރޮގްރާމްގައެވެ. ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ލީޑާރ ވިދާޅުވީ އިންތިޚާބުގައި ބޮޑެތި މައްސަލަތަކެއް ހުރިކަމަށާއި އެކަމާއި ގުޅިގެން ސުޕްރީމް ކޯޓުން ކޮންމެ ގޮތަކަށް ހުކުމް ކުރެއްވި ނަމަވެސް ކޯޓްތަކުގެ ނިންމުންތަކަށް ގޮންޖައްސަވާ އެކަމާއި ދެކޮޅަށް ވަކާލާތު ކުރައްވާނެ ބޭފުޅަކަށް އެމަނިކުފާނު ވެވަޑައިނުގަންނަވާނެ ކަމަށެވެ

ކިޔުން ކުރިޔަށް ގެންދޭ

“ބާރަށް ކުރިއަށް” ކެމްޕެއިން ބައެއް ހަރަކާތްތައް ކުރިއަށް


މާލެ ސިޓީ: “ބާރަށް ކުރިއަށް” މާލެ ސިޓިގެ ދޮރުން ދޮރަށް ހިނގުން މިއަދު(21 ސެޕްޓެމްބަރ 2013 – ހޮނިހިރު) ހެނދުނު10 ކުން ފެށިގެން މިހާރު ކުރިއަށް އެބަދެއެވެ.
މިއަދު ހެނދުނު 10ކުން މއ. ޖަންބު ޖަގަހައިން ފެށި މި ދޮރުން ދޮރަށް ހިނގުން ނިންމާގޮތަށް ހަމަޖެހިފައިވަނީ މިއަދު ހަވިރު 6 ޖަހާއިރުއެވެ. އަދި މުޅި ދުވަހުގެ މި ދޮރުން ދޮރަށް ކެމްޕެއިން ހަރަކާތުގައި އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ މާލެ ސިޓީއާ ގުޅުން ހުރި ޕްރޮގްރާމްތަކުގެ ލީފްލެޓް ބެހުމާއި ރައީސް ނަޝީދަށް ތާޢީދު އިތުރު ކޮށް ރިޔާސީ އިންތިޚާބުގެ 2ވަނަ ބުރުގައި އެމަނިކުފާނަށް ކުރިން ވޯޓު ނުލާ ފަރާތްތަކާއި ބައްދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ދޮރުން ދޮރަށް ހިނގުމުގައި މާލެ ސިޓީގެ މަޖިލިސް މެމްބަރުންނާއި، ދާއިރާ ރައީސުންނާއި، ބްލޮކް އޭޖެންޓުންނާއި އަދި ރޯޑް އޭޖެންޓުން ބައިވެރިވެވަޑައިގަންނަވާނެއެވެ
ކިޔުން ކުރިޔަށް ގެންދޭ

ޒަޚަމަކުން ހިތާ މެއި…


 

ޝަރަފުއްދީން ޒިޔާދު ޢިޝާ ނަމާދު ކުރެއްވުމަށްފަހު ފެންޑާމަތީ ހުރި އުދޯލީގައި އިޝީންދެ އިންނަވާތާ މިހާރު ކުޑަ އިރުކޮޅެއްވެއްޖެއެވެ. އޭނާ އެއިންނެވީ ޚާތިމްގެ އިންތިޒާރުގައެވެ. ކުޑައިރުކޮޅެއްފަހުން ޚާތިމް ހަވޭލިއަށް އައިކަން އެނގުނެވެ. އެއީ ފެންޑާ މައްޗަށް އެރީމައެވެ. ކިޔުން ކުރިޔަށް ގެންދޭ