ކޯޓު އަމުރާ އެއްގޮތަށް އިންތިހާބުގެ ކަންތައްތައް ގެންދިޔުމަށް ނިންމައި، ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ނުބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ނިންމައިފި އެވެ ކިޔުން ކުރިޔަށް ގެންދޭ
Monthly Archives: ސެޕްޓެމްބަރު 2013
އަމުރާ ޚިލާފަށް ކުރާ ކަންކަން ހުއްޓުވަން ސަލާމަތީ ބާރުތަކަށް ސުޕްރީމް ކޯޓުން އަންގައިފި
ޚަބަރު: ހަވީރު އޮންލައިން
- ސުޕްރީމް ކޯޓު
ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގެ ވޯޓު ލުން ފަސްކުރަން ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާ ޚިލާފަށް އެއްވެސް ފަރާތަކުން އެއްވެސް އަމަލެއް ހިންގާ ނަމަ އެކަން ވަގުތުން ހުއްޓުވުމަށް ސަލާމަތީ ބާރުތަކުގެ މައްޗަށް ސުޕްރީމް ކޯޓުގެ ހަ ފަނޑިޔާރެއްގެ އަޣުލަބިއްޔަތުން އަމުރެއް ދާދި ދެންމެއަކު ނެރެފި އެވެ
ކޯޓުގެ އަމުރާ ހިލާފުވާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނަން: ހޯމް މިނިސްޓްރީ
- އެކްޓިން ހޯމް މިނިސްޓަރު އަހުމަދު ޝަފީއު (ވ) މިރޭ ބަޔާން އިއްވަވަނީ: ކޯޓު އަމުރާ ދެކޮޅަށް ކުރާ ކަންކަމަށް އެހީތެރިވުމަކީ ވެސް ކުށެއް ކަމަށް ވިދާޅުވި. — ހަވީރު ފޮޓޯ/ ނަސްރުﷲ ސޯލިހު
ސުޕްރީމް ކޯޓުގެ އަމުރާ ހިލާފުވާ ފަރާތްތަކާ ދެކޮޅަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ހޯމް މިނިސްޓްރީން މިރޭ ބުނެފި އެވެ ކިޔުން ކުރިޔަށް ގެންދޭ
ލައްކައަކަށްވުރެ ގިނަ ރުފިޔާ އާއެކު ފަރެސްމާތޮޑާ ގެއަކުން ވަގަށް ނެގި ތިޖޫރީއެއް ހޯދައިފި
އެއްލަކައަށްވުރެ ގިނަ ދިވެހި ރުފިޔާއާއެކު ފަރެސްމާތޮޑާ ގެއަކުން ވަގަށް ނެގި ތިޖޫރީއެއް ހޯދައި އޭގައި ހުރި ފައިސާގެ ތެރެއިން 66000(ފަސްދޮޅަސް ހަހާސް) އަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފިއެވެ ކިޔުން ކުރިޔަށް ގެންދޭ
އިންތިޚާބާ މެދު ޚިޔާލު ތަފާތުވެއްޖެ
ޚަބަރު: ހަވީރު އޮންލައިން
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ހޮނިހިރު ދުވަހު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވުމާ އެކު، ސުޕްރީމް ކޯޓުގެ އަމުރާ ހިލާފަށް އިންތިހާބު ބާއްވަން ފާސްކޮށްފައި ނުވާ ކަމަށް ކޮމިޝަންގެ ނައިބު ރައީސް އަހްމަދު ފަޔާޒު ވިދާޅުވެއްޖެ އެވެ ކިޔުން ކުރިޔަށް ގެންދޭ
ވަރުގަދަ ބަހުގެ ހަމަލާތަކެއް އެމްޑީޕީއަށް!
އިންތިޚާބު ކާމިޔާބު ވާނެކަމުގެ އެހާ ޔަޤީންކަން އޮތްނަމަ ވޯޓު އަލުން ގުނާކަށް ދެކޮޅު ނަހަދާނެކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހިމް އެމްޑީޕީއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވާވަނީ ރޭ މ. ކުނޫޒްގައި ހުންނަ ޖުމްހޫރީ ޕާޓީގެ ޖަހަގައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ ކިޔުން ކުރިޔަށް ގެންދޭ
%88 ރައްޔިތުން ނިކުމެ ބަސްބުނީމާ، އެބަހާއި މެދު އެއްވެސް އިތުރު ފަރާތަކުން ބުނާނެ މާމޮޅު ވާހަކައެއް ނޯންނާނެ – އީވާ އަބްދުﷲ
Thursday, September 26, 2013
ބަޣާވާތަކަށްފަހު %88 ރައްޔިތުން ނިކުމެ ވޯޓުލައި، އެރައްޔިތުންގެ ބަސްބުނުމުން އެކަމާއި މެދު އިތުރު ފަރާތަކުން ދައްކާނެ މާމޮޅު ވާހަކައެއް ނޯންނާނެކަމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕަރލިމެންޓްރީ ގްރޫޕްގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ. އީވާ މިހެން ވިދާޅުވީ ރޭ (25 ސެޕްޓެމްބަރ 2013) ރާޅުގަނޑު ސަރަހައްދުގައި ‘އިންސާފްގެ ދަތުރު ބާރަށް ކުރިއަށް’ގެ ނަމުގައި ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ ކިޔުން ކުރިޔަށް ގެންދޭ
ހޮނިހިރު ދުވަހުގެ އިންތިހާބަށް ހުރަސްއަޅަން އިތުރު ބަޔަކު ދެން ނުނިކުންނާނެ: ނަޝީދު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އަންނަ ހޮނިހިރު ދުވަހު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެފައިވާތީ އެ ބަސްފުޅާ ދެކޮޅަށް ހުރަސްއަޅާނެ އިތުރު ބަޔަކު ދެން ނެތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ ކިޔުން ކުރިޔަށް ގެންދޭ
އިންތިޚާބާ ގުޅޭ އިތުރު މައްސަލައެއް ސުޕްރީމް ކޯޓަށް
ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓު ފުރިހަމަ ކުރުމަށާއި އިންތިޚާބުގެ ފުރަތަމަ ބުރުގައި ކުރިމަތިވި މައްސަލަތައް ހައްލުކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދި ޕީޕީއެމުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ ކިޔުން ކުރިޔަށް ގެންދޭ
ޖޭޕީއިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ރިޔާސީ އިންތިޚާބު ބާތިލު ކުރުމަށް އެދޭ މައްސަލަަގައި އެމްޑީޕީއިން ތަދައްޙުލުވެފައިވާ ވުމުން ރުޖޫޢަވެ މި މައްސަލައިގަ ތަދައްޙުލު ނުވުމަށް ނިންމައި ސްޕްރީމް ކޯޓަށް މި ޕާޓީއިން މިއަދު ދަންނަވައިފި
ޖޭޕީއިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ރިޔާސީ އިންތިޚާބު ބާތިލު ކުރުމަށް އެދޭ މައްސަލަަގައި އެމްޑީޕީއިން ތަދައްޙުލުވެފައިވާ ވުމުން ރުޖޫޢަވެ މި މައްސަލައިގަ ތަދައްޙުލު ނުވުމަށް ނިންމައި ސްޕްރީމް ކޯޓަށް މި ޕާޓީއިން މިއަދު އަންގާ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަޙްމަދު ފާއިޒް ޙުސައިންއަށް ޗެއަރޕާސަން މޫސާ މަނިކު ފޮނުއްވި ސިޓީފުޅުގައިވަނީ، ދިވެހި ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްވާނޭ ފަދަޔަކުން ޝަރީޢަތް ކުރިޔަށް ދާނެކަމަށް ޤަބޫލުނުކުރެވޭތީ އާއި، އިންސާފުވެރި ޝަރީޢަތެއް ކުރިޔަށްގެންދެވިދާނެކަން ކަށަވަރުނުވާތީ، މި ޕާޓީގެ ފަރާތުން މައްސަލައަށް ތަދައްޚުލުވެ އިތުރަށް ކުރޔަށްދާން ބޭނުންނުވާ ވާހަކަ ދަންނަވާފައިވެއެވެ ކިޔުން ކުރިޔަށް ގެންދޭ